Monday, September 21, 2009

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން މެރުމަށް ގޮވާލާ ހދީސްގެ ސައްހަކަން

އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހަކަށް އިސްލާމްދީނުގައި އަދަބެއް ނުވެއެވެ. އަދި ގުރުއާނުގައި އެއްޖިންސުގެ ގުޅުން ހިންގާ މީހަކަށް ހާއްސަ ހައްދުގެ އަދަބެއް ކަނޑައެޅިފައެއް ނުވެއެވެ. ހަމަ އެފަދައިން ރަސޫލާގެ ހަޔާތުގައި ވެސް މިއަމަލަށް މީހަކަށް އަދަބު ދީފައެއް ނުވެއެވެ. އަދި މިކަމަށް އަދަބު ދިނުމަށް ގޮވާލާފައިވާ ހަދީސްތަކަކީ ސައްހަ ހަދީސްތަކެއް ނޫން ކަމަށް ބައެއް އިލްމުވެރިން ދެކެއެވެ. އެމެރިކާގެ ޓެކްސަސްގެ ލުބޮކް ގައި ހުންނަ ސައުތު ޕްލެއިންސް އިސްލާމީ މަރުކަޒުގެ ޑައިރެކްޓާ، ޝެއިޚު މުހައްމަދު އަލް މުގްތާރު އަލް ޝިންގީތީ މިކަން އތުރަށް ބަޔާންކޮށް ދިން ފަތުވާގެ ބައެއް ތިރީގައި ލިޔެލާނަމެވެ.

އެއްޖިންސީ ގުޅުން ހިންގާ މީހަކު މެރުމަށް ނުވަތަ ރަޖަމްކުރުމަށް ގޮވާލާ ދީނީ އިލްމުވެރިން އެމީހުންގެ ރައުޔު ބިނާ ކުރަނީ ދެ ޟައީފް ހަދީސްގެ މައްޗަށެވެ.

1- އަބްދުއްލާ ބިން އައްބާސް ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ލޫތު ބާގައިގެ އަމަލު ކުރާ ބަޔަކު ފެނިއްޖެނަމަ، އެކަން ކުރާމީހާއާއި ކުރެވޭ މީހާ ގަތުލު ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިމާމް އަހުމަދު، އިމާމު އަބޫ ދާއޫދު، އިމާމު އައްތިރުމީޒީ.
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އަލް ބުޚާރީ، ޔަހްޔާބިން މާއިން، އައްނަސާއީ، އިބުނު ހަޒަމް

2- އަބޫ ހުރައިރާ ރިވާކުރިއެވެ. ސަލާމާތް ސަލަވާތްލެއްވި ރަސޫލާ ހަދީސް ކުރިއެވެ. "ކުރާމީހާއާއި ކުރެވޭ މީހާ ރަޖަމް ކުރާށެވެ."
މި ހަދީސް ސައްހަ ކަމަށް ބުނި ބައެއް އިލްމުވެރިން: އިބުނު މާޖާ، އަބޫ ޔައުލާ، އަލް ހާކިމް
މި ހަދީސް ސައްހަ ނޫން ކަމަށް ބުނި ބައެއް އިލްމުވެރިން: އައް ތިރުމީޒީ، އިބުނު ހަޒަމް
ގާޒީ އަބޫބަކުރު އަލް ޖައްސާސް އޭނާގެ ފޮތް 'އަހްކާމުލް ގުރުއާނު'ގައި މި ހަދީސް އާމެދު ބުނަނީ ، މި ހަދީސް ރިވާކުރި މީހުންގެ ތެރެއިން ދެ މީހުންގެ ރިވާ "އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭނެ ކަމަށާއި، އެމީހުންގެ ރިވާއަށް ބިނާކޮށް ޝަރުއީ އަދަބެއް ކަނޑައެއް ނޭޅޭނެ" ކަމަށެވެ.

ހަމަ މި މާނަ އެކުލެވޭ އިތުރު ހަދީސް ތަކެއް ވެސް ރިވާވެފައި އެބަހުއްޓެވެ. މީގެ ތެރޭގައި:
- ޖާބިރު ބިން އަބްދުއްލޯ ރިވާކުރިއެވެ:"ލޫތުބާގައިގެ އަމަލު ކުރާ މީހެއް ގަތުލު ކުރާށެވެ."
-އެހެން ރިވާއެއްގައި ވާ ގޮތުން، ފުރަގަސް ފަރާތުން ޖިންސީ ގުޅުން ހިންގާ މީހަކު ރަޖަމް ކުރުމަށް އަލީ ބިން އބީ ތޯލިބު ރައުޔު ވެއެވެ.
ނަމަވެސް ހަދީސް އިލްމުވެރިން ދެކޭ ގޮތުގައި މިފަދަ ހަދީސް ތަކަކީ ކުރިން ބުނެވުނު ދެ ހަދީސް އަށް ވުރެންވެސް ޟައިފް ހަދީސްތަކެކެވެ.

އަލް ހާފިޒް އިބުނު ހަޖަރު އޭނާގެ ފޮތް 'ފަތުހުލް ބާރީ'ގެ 'ހުދޫދު' އޭ ކިޔުނު ބާބުގައި މި ކަންތައް ހުލާސާކޮށް ބުނެފައިވެއެވެ. "އެކަން ކުރާ މީހާއާއި ކުރެވޭ މީހާ ރަޖަމް ކުރުމަށް ނުވަތަ މެރުމަށް ގޮވާލާ ހަދީސްތަކަކީ ޟައީފް ހަދީސްތަކެކެވެ".
ހަގީގަތަކީ، ހަދީސްގެ އެއްވެސް އިލްމުވެރިއެއް މި ދެ ހަދީސް ސައްހަ ކަމުގައި ބުނެފައި ނުވާކަމެވެ. ދެ މީހުން ފިޔަވައެވެ. އެއީ އިހުގެ އިލްމުވެރިންގެ ތެރެއިން އިބުނު ހިއްބާން އަދި ފަހުގެ އިލްމުވެރިންގެ ތެރެއިން އާލްއަލްބާނީ އެވެ. އިބްނު ހިއްބާން އިބުނު އައްބާސް ގެ ހަދީސް ސައްހަކުރިއެވެ. އަދި އާލްއަލްބާނީ އަބޫ ހުރައިރާގެ ހަދީސް ސައްހަ ކުރިއެވެ. ނަމަވެސް އެހެން އިލްމުވެރިއަކު ސައްހަ ނުކުރާ ހަދީސެއް އިބުނު ހިއްބާން އެކަނި ސައްހަކުރި ނަމަ އޭނާގެ އެ ރައުޔަށް އިތުބާރު ނުކުރެވޭނެ ކަމަށް ހަދީސް އިލްމުވެރިން ދެކެއެވެ. މީގެއިތުރުން ފުންނާބުއުސް އެހެން ހަދީސް އިލްމުވެރިން މި ހަދީސްތަކާމެދު ކުރި ޝައްކާ އަޅާ ބަލާއިރު އާލްއަލްބާނީގެ ރައުޔު މިކަމާ ދެކޮޅެއް ނުހެދޭނެއެވެ. މީގެ ތެރޭގައި އަލް ބުހާރީ، އިބުނު މާއިން އަދި އިބުނު ހަޖަރު މި ހަދީސްތަކާ މެދު ޝައްކު ކުރިއެވެ
Some words used:
Rivaa: narration
Ra'yu: opinion
Sahha: authentic
Rajam: to stone (someone)
Da'eef (lo-eef): weak
Source: Threat to Behead Homosexuals: Shari'a or Politics? at Islamonline.Net. Fatwa by Sheikh Mohamed El-Moctar El-Shinqiti, director of the Islamic Center of South Plains, Lubbock, Texas, US.

Sunday, September 20, 2009

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭށަންގެ ޖިންސީ އެދުންވެރިކަމާ ބެހޭ ޕޭމްފުލެޓު 2

ަެބައެއް މީހުންނަށް އެމީހުންގެ އެއްޖިންސީ އެދުންވެރިކަމުގެ ވާހަކަ އަނެކާއާ ހިއްސާ ކުރަން އުނދަގޫވަނީ ކީއްވެ؟
ައެއްޖިންސީ އެދުންވެރިކަން ހުންނަ މީހުންނާ މެދު އުފެދިފައިވާ ކުށް ހީ ތަކާ ހުރެ، އެ މީހުންގެ މި ސިއްރު އެހެން މިހުންނާ ހިއްސާކުރުމަކީ ވަރަށް އުނދަގޫ އަދި ވަރަށް ހިތާމަ ތަހައްމަލް ކުރަން ޖެހޭ ކަމަކަށް ވެދެއެވެ. އެމީހުންނަކީ އެއް ޖިންސަށް އެދުންވެރިވާ ބައެއް ކަން ފުރުތަމަ އެނގޭ ވަގުތު، ވަރަށް ބޮޑަށް އެކަނިވެރިކަމުގެ އިހްސާސް އެމީހުންނަށް ކުރެވެއެވެ. އަދި އެހެން މީހުންނާ މުޅިން ތަފާތު އެކަހެރި މީހެއް ކަމުގައި އިހްސާސްވެއެވެ. އަދި ރައްޓެހިންނާ އާއިލާ އެމީހުންނާ ގުޅުން ކަނޑާލާނެ ކަމުގެ ބިރާ ދީނުން ބޭރުވެދާނެ ކަމުގެ ބިރާ ހެދީ ވެސް މި ސިއްރު އެ ފަރާތްތަކާ ހިއްސާ ކުރަން އެމީހުން ޖެހިލުން ވެއެވެ.

މީގެ އިތުރުން ވަރަށް އާއްމު ގޮތެއްގައި އެއްޖިންސުންގެ މީހުނާމެދު ބައެއް މީހުން ތަފާތު ކޮށް ކަންތައް ކުރެއެވެ. އަދި އެމީހުންނަށް މާރާމާރީގެ ހަމަލާވެސް ދެއެވެ. މީ ދެ ކަމުގެ ސަބަބުން އެ މީހުންގެ ނަފްސު ރަނގަޅަށް ތަރައްގީ ވުމަށް ހުރަސް އެޅެއެވެ. އެމެރިކާގައި 1989 ގައި ކުރެވުނު ސާވޭ އެއް ދައްކާ ގޮތުގައި، އެއްޖިންސީ އެދުންވެރިކަން ހުންނަ 5% ފިރިހެނުންނާ `10% އަންހެނުން އެމީހުންގެ ޖިންސިއްޔާތާ ހެދީވެ ކޮންމެވެސް ކަހަލަ މާރާމާރީއެއް ވަނީ ތަހައްމަލު ކުރަން ޖެހިފައެވެ. އަދި 47% މީހުން ގެ މުޅި ހަޔާތުގައި ކޮންމެވެސް ކަހަލަ ގޮތަކަށް ވަނީ ތަފާތުކުރުން ތަހައްމަލު ކުރަން ގެހިފައެވެ. އެހެން ހޯދުން ތަކުންވެސް މިހާމަތީ މިންވަރަކަށް މާރާމާރީއާއި ތަފާތުކުރުން އެމީހުން ތަޖުރިބާކުރަން ޖެހޭކަން ވަނީ ދައްކާދީފައެވެ.

އެއް ޖިންސީއެދުންވެރިކަން ހުންނަ މީހުންނާ މެދު އުފެދިފައިވާ ކުށް ހީ ތަކާ ކުރެވޭ ތަފާތުކުރުން ތަށް ނައްތާލެވޭނީ ކިހިނެއް؟
އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހުންނާ މެދު އެންމެ ރަނގަޅު ނަޒަކުން ދެކެނީ އޭގެ މީހެއް ރަނގަޅަށް ދންނަމޭ ބުނާ މީހުންނެވެ. މިހެންކަމުން، ސައިކޮލޮޖިސްޓުން ގަބޫލްކުރާ ގޮތުގައި މިފަދަ މީހުންނާ މެދު އުފެދިފައިވާ ނުބައި ހިޔާލް ތަކަކީ ދޮގުތަކެއް ނުވަތަ ކުށް ހީ ތަކެއްގެ މައްޗަށް ބިނާވެފައިވާ ހިޔާލް ތަކެކެވެ. އެއްވެސް ހަގީގީ ތަޖުރިބާ އަކަށް ބިނާވެފަވާ ހިޔާލްތަކެއް ނޫނެވެ.

މީގެ އިތުރުން އެހެންވެސް މައިނޯރިޓީން ފަދައިން މި މީހުންވެސް ތަހައްމަލު ކުރަން ޖެހޭ އަނިޔާއާއި ތަފާތުކުރުން ތަކުން އެ މީހުން ރައްކާތެރިކުރުމީ މުހިއްމު ކަމެކެވެ. އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މީހެއްގެ ޖިންސިއްޔާތަކާ ހުރެ އެމީހަކަށް އަނިޔާއެއް ކުރުމކީ ކުށެކެވެ. އަދި 8 ސްޓޭޓް އެއްގައި މީހެއްގެ ޖިންސިއްޔާތަކާ ހުރެ އެމީހަކާ ތަފާތުކޮށް ކަންތައް ކުރުމީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. 

ނަފްސާނީ ފަރުވާ (ތެރަޕީ) ދީގެން އެއްޖިންސީ އެދުންވެރިކަން ބަދަލު ކުރެވިދާނެތަ؟
ނޫން. އެއްޖިންސީ އެދުންވެރިކަމަކީ ނަފްސާނީ ބައްޔެއް ނޫނެވެ. އަދި އެމީހުންގެ ޖިންސީ އެދުންވެރިކަން ބަދަލުކުރަންޖެހޭނެ އެއްވެސް ސަބަބެއް ކަމުގެ މާހިރުން ނުދައްކައެވެ. މިކަން މިހެން އޮތަސް ބައެއް މީހުން އެމީހުންގެ ނުވަތަ ދަންނަ މީހެއްގެ ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރެއެވެ. (މިސާލަކަށް ބައެއް މައިންބަފައިން އެމީހުންގެ އެއްޖިންސީ އެދުންވެރިކަން ހުންނަ ދަރިންނަށް ތެރަޕީ ދޭން އުޅުން). މިކަހަލަ ފަރުވާ ދޭ ބައެއް ތެރަޕިސްޓުން ، އެމީހުންކައިރިން ފަރުވާ ހޯދާ މީހުންގެ ޖިންސީ އެދުންވެރިކަން ބަދަލު ކުރިކަމަށް ބުނެއެވެ. ނަމަވެސް އެމީހުންގެ ރިޕޯޓުތަކަށް ރަނގަޅަށް ބަލާލުމުން، ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވެ އެވެ. 
- ގިނަ ފަރާތްތަކަކީ އެއްޖިންސީ އެދުންވެރިކަމާމެދު ސިޔާސީ ނުވަތަ ދީނީ ނުވަތަ އެހެންވެސް އައިޑިއޮލޮޖީއެއްގެ ނަޒަރަކުން ބަލާ ފަރާތްތަކެވެ. ނަފްސާނީ ސިއްހަތު ދިރާސާކުރާ ފަރާތްތަކެއް ނޫނެވެ.
- ދެވޭ ފަރުވާ އާއި ނަތީޖާ ރަނގަޅަކަށް ރިޕޯޓް ކުރެވިފައެއް ނުވެއެވެ.
- ފަރުވާ ދިނުމަށް ފަހު މިކަން އަނބުރާ ކުރީގަ ގޮތަށް އިޔާދަ ވޭތޯ ބަލަންޖެހޭ ވަގުތު އެކަށީގެންވާ ވަރަށް ވުރެން ކުރެވެ.

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭށަނުން 1990ގައި ބުނި ގޮތުގައި ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް ދޭ ފަރުވާ މަސައްކަތްކުރާ ކަމަށް ހިތްވަރުދޭ ސައިންސްގެ އެއްވެސް ސުބޫތެއް ނެތެވެ. އަދި މިފަދަ ފަރުވާއިން ފައިދާކުރުމަށް ވުރެން ބޮޑަށް ގެއްލުމެއް ލިބުން މާ އެކަށީގެންވެއެވެ. ޖިންސީ އެދުންވެރިކަން ބަދަލުކުރުމަކީ ޖިންސީ އަމަލު ބަދަލު ކުރުމާ މުޅިން ތަފާތު ކަމެކެވެ. ޖިންސީ އެދުންވެރިކަން ބަދަލުކުރުމޭ ބުނުމުން މީހާގެ ޖަޒްބާތީ، އޝްގީ، އަދި ޝަހްވާނީ އިހްސާސްތައް ބަދަލު ކުރުން ހިމެނެއެވެ. އަދި އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާ މުޖްތަމައު އޭނާ އާ މެދު ދެކޭ ގޮތް ވެސް ބަދަލު ކުރުން ހިމެނެއެވެ. ބައެއް ނަފްސާނީ ބަލީގެ މާހިރުން ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރިކަމަކު އެހެން މާހިރުން މިފަދަ ކަމެއް ކުރުމުގެ ހެޔޮނުބައި މިންވަރާ މެދު ސުވާލު ކުރެއެވެ. އެހެނީ މިކަމަކީ ބައްޔެއް ނޫނެވެ. ނަމަވެސް މީހާގެ ނަފްސުގެ ވަރަށް މުހިންމު ބައެކެވެ. 
އެއް ޖިންސީ އެދުންވެރިކަން ހުންނަ މީހުންގެ ތެރެއިން ނަފްސާނީ ފަރުވާ ހޯދާ ހުރިހާ މީހުންންކީ އެމީހުންގެ ޖިންސީ އެދުން ބަދަލު ކުރުމަށް ފަރުވާ ހޯދާ މީހުންނެއް ނޫނެވެ. އެހެން މީހުންވެސް ނަފްސާނީ ފަރުވާ ހޯދާ ސަބަބަކުން ސަބަބަކަށްޓަކާ އެ މީހުން ވެސް ހަމަ ފަރުވާ ހޯދަފާނެއެވެ. މީގެ އިތުރުން، "ކަމިންއައުޓު" ގެ މަރުހަލާއަށް އެހީއެއްގެ ގޮތުގައި ނުވަތަ އެމީހުންނަށް ކުރިމަތިލާންޖެހޭ ދޮގު ތަކާ އަނިޔާއާއި ތަފާތުކުރުންތަކާ ހެދީވެސް މި ފަދަ ފަރުވާ އެމީހުން ހޯދައެވެ.

އެއްޖިންސީ އެދުންވެރިކަމާމެދު މުޖްތަމައު ހޭލުންތެރިވުން އެހާ މުހިއްމީ ކީއްވެ؟
  މި ކަމާ މެދު މީހުން ހޭލުންތެރިވުމުން ކުށް ހީތަކާ ދޮގު މައުލޫމާތު މަދުވުން އެކަށިގެންވެއެވެ. އަދި ޙާއްސަކޮށް އެމީހުންގެ ޖިންސީ ނަފްސާމެދު މައްސަލައެއްވާ ކަމަށް ހީކުރާ ޒުވާނުނަށް މިކަމުގެ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ. އެފަދަ މައުލޫމާތު ކިޔުމުން އމީހެއްގެ ޖިންސީ އެދުންވެރިކަން ބަދަލުވާނެއޭ ބުނެ ކިޔާއުޅޭ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެކެވެ
http://fogarty.org/tim/gay_issues/apa_pamphlet.html


Friday, September 18, 2009

ައެންމެ ފުރަތަމަ އެއްޖިންސީ ގުޅުން ހިންގީ ކޮން ބައެއް؟

އަދި ލޫތު އޭނާގެ ގައުމުގެ މީހުންނާ މެދު ބުނި ބުނުމާ މެދު ވިސްނާށެވެ. އެ ހިނދު އޭނާ ބުންޏެވެ. "ތިޔަބައިމީހުން ތިޔަ ގެނެސްގަންނަނީ މީގެ ކުރިން ދުނިޔޭގެ އެއްވެސް މީހަކު ކޮށްފައިނުވާ ޒާތުގެ ނުބައި ފާހިޝް އަމަލެއް ނޫން ހެއްޔެވެ؟" (އައުރާފު -80)
 މި އާޔަތަށް ބިނާކޮށް އެއް ޖިންސުގެ ގުޅުން ދުނިޔެއަށް ތައާރަފް ކުރީ ލޫތު ބާގައިގެ މީހުންނޭ ބައެއް މުސްލިމުން ބުނެއެވެ. މީ ކިހާވެރެއްގެ ތެދެއްބާ؟
އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ ބުނާ ގޮތުގައި ސަދޫމް އާއި އާމޫރާ ހަލާކުވެ ދިޔައީ އީސާގެފާނު ދުނިޔެއަށް އައުމުގެ 1900އަހަރު ކުރިންނެވެ. ވީމާ މި މިހެން ބުނާ މުސްލުމިންގެ ބަސް ތެދުކަމުގައި ވާނަމަ 1900ބީސީ ގެ ކުރން މީހުން އެއް ޖިންސުގެ ގުޅުމެއް ނުހިންގައެވެ. ނަމަވެސް ހަގީގަތް މިކަމާ ހިލާފް ވެއެވެ.

މެސޮޕޮޓޭމިއިން ހޯދުނު ބައެއް ބުދުތައް އެއް ޖިންސުގެ އަމަލު ހިންގަނިކޮށް ދައްކުވާދެއެވެ. މީގެ ބައެއް ބުދުތައް 3000ބީސީއަށް ތާރީހުކުރެވެއެވެ. އަދި މިސްރުގެ މަގްބަރާއަކުން ފެނުނު ޚުނުމްހޮޓެޕްއާ ނިއާމްޚުނޫމް އަކީ ތާރީޚުގައި ލިޔެފައިވާ ފުރަތަމަ އެއްޖިންސުގެ ލޯބިވެރިންނެވެ. މިދެމީހުންނަކީ2400ބީސީގެ މިސްރުގައި ވެރިކަންކުރި ނިއުސިއާ ފިރުއައުނުގެ ޝާހީ ޚާދިމުންނެވެ. މީ ސަދޫމްގެ 500 އަހަރު ކުރިއެވެ. ވީމާ އެއް ޖިންސުގެ ގުޅުން ދުނިޔެއަށްތައާރަފް ކުރިކަމުގެ ފަޚުރު ސަދޫމީންނަށް ލިބުމުގެ ޖާގައެއް ނެތެވެ. 

ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހަށް މިކަމެއް ސިއްރުވެވިގެނެއް ނުވާނެއެވެ. އަދި އެކަލާނގެ ރަސޫލުންނަކީ ދޮގު ހަދާ ބައެއް ނޫނެވެ. އަދި އެކަލާނގެ ފޮތަކީ އޭގައި ތާރީހާ ފުށުއަރާނެ ވާހަކައެއް އޮންނާނެ ފޮތެއް ނޫނެވެ. ވީމާ، ލޫތުގެފާނު އެދައްކަނީ ކޮން ކުށެއްގެ ވާހަކަ ބާވައެވެ؟ އެއްޖިންސުގެ ގުޅުން ހިންގުން ކަމުގައި ނުވާނެއެވެ. އެހެނީ އެކަމަކީ މާ ކުރިންވެސް މީހުން ކޮށް އުޅުނު ކަމަކަށް ވާތީއެވެ

ފަހަރެއްގައި ސަދޫމީންގެ ކުށަކީ އެމީހުންގެ އަނބިންނަށް ބޭވަފާތެރިވުންކަމުގައި ވެދާނެއެވެ. ނުވަތަ ތިމާ ލޯބިވާ މީހުން ނޫން މީހުނާ ކައިވެނި ކުރުން ކަމުގައިވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވާނީ އައްލޯހެވެ..
 

References:

http://hidhaayath.noorul-islam.net/front/view.asp?volumeID=37

http://www.quran.com/7/80

http://www.britannica.com/EBchecked/topic/552322/Sodom-and-Gomorrah

The Origins and Role of Same-Sex Relations in Human Societies By James Neill, p. 83

http://en.wikipedia.org/wiki/Khnumhotep_and_Niankhkhnum

Thursday, September 17, 2009

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭށަންގެ ޖިންސީ އެދުންވެރިކަމާ ބެހޭ ޕޭމްފުލެޓު

ޖިންސީ އެދުންވެރިކަމަކީ ކޮބާ؟
ޖިންސީ އެދުންވެރިކަމަކީ ޖިންސިއްޔާތުގެ ހަތަރު ބައިގެ ތެރެއިން އެއް ބައެވެ. އެއީ ބަދަލުވުމެއްނެތި ދާއިމީ ގޮތެއްގައި ވަކި ހާއްސަ ޖިންސެއްގެ ބަޔަކާމެދު ޖަޒްބާތީ، އިޝްގީ، ޝަހްވާނީ އަދި ލޯބީގެ ގޮތުން އުފެދޭ އެދުންވެރި ކަމެކެވެ. ޖިންސިއްޔާތުގެ އަނެއް ތިން ބަޔަކީ:
ޖިސްމާނީ ޖިންސު
ނަފްސާނީ ޖިންސު
ައިޖްތިމާއީ ޖިންސު
ޖިންސީ އެދުންވެރިކަމުގެ ތިން ވައްތަރެއް އާއްމު ގޮތެއްގައި ފާހަގަކޮށްލެވެ އެވެ. އެއީ:
1. އެއް ޖިންސީ ލޯބި: ތިމާގެ އަމިއްލަ ޖިންސުގެ މީހުންނަށް އެދުން އުފެދުން
2. އިދިކޮޅު ޖިންސީ ލޯބި: ތިމާގެ އިދިކޮޅު ޖިންސުގެ މީހުންނަށް އެދުން އުފެދުން
3. ދެ ޖިނސީ ލޯބި: ދެ ޖިންސުގެ މީހުންނަށް އެދުން އުފެދުން

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހިންނަށް "ގޭ" (އަންހެން އަދި ފިރިހެން ވިޔަސް) ނުވަތަ "ލެޒްބިއަން" (ހަމައެކަނި އަންހެނުންނަށް) ކިޔައެވެ.

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުންނަކީ ވަކި ހާއްސަގޮތަކަށް ތިބޭ ނުވަތަ ވަކި ހާއްސަ ބަޔަކަށް ފެތޭ ބައެއް ނޫނެވެ. އެފަދަ މީހުން ހުރިހާ އުމުރު ފުރައެއްގައި، ސަގާފަތެއްގައި، ނަސްލެއްގައި' ދީނެއްގައި އަދި ގައުމެއްގައި ވެސް ވެއެވެ. އަދި ހަމަ އިދިކޮޅު ޖިންސީ އެދުންވެރިކަން ހުންނަ މީހުން ފަދައިން، ހުރިހާ ވައްތަރެއްގެ ވަޒީފާ އާއި މަސައްކަތުގެ ފަންތީގައި އެމީހުން ވެސް ޝާމިލްވެއެވެ.

ޖިންސީ އެދުންވެރިކަން އުފެދެނީ ކިހިނެއް؟
ޖިންސީ އެދުންވެރިކަން އުފެދޭ ގޮތް ސައިސްވެރިންނަކަށް އަދި ރަނގަޅަށް ހޯދިފައެއް ނުވެއެވެ. މިކަން އުފެދޭ ގޮތާމެދު ތަފާތު ހިޔާލްތަކެއް ވަނީ ހުށައެޅިފައެވެ. އެކި ހިޔާލްތަކުން ދައްކނީ އެކި ސަބަބެވެ. (ވާރުތަވުން، ހޯމޯންސްގެ އަސަރު، ޅަފަތުގެ ކުރެވޭ ތަގުރިބާގެ އަސަރު) ނަމަވެސް ގިނަ ސައިސްވެރިން އެއްބައްސްވާ ގޮތުގައި ޖިންސީ އެދުންވެރިކަމަކީ ކުއްޖާގެ ޅައުމުރުގައި އެ ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ އަސަރުތަކެއް ގުޅިލާމެހި އުފެދޭ ކަމެކެވެ.

ޖިންސީ އެދުންވެރިކަމަކީ އޭގައި އިހްތިޔާރެއްވާ ކަމެއްތަ؟
ނޫން. އާއްމު ގޮތެއްގައި މީހުންގެ ޖިންސީ އެދުންވެރިކަމަކީ އެއްވެސް ޖިންސީ ތަޖުރިބާއެއް ނެތި ފުރާވެރުގެ ކުރީކޮޅުގައި ފާޅުވާ ކަމެކެވެ. އަދި އެއްޖިންސުގެ އެދުންވެރިކަން ހުންނަ ބައެއް މީހުން، އެމީހުންގެ ޖިންސީ އެދުންވެރިކަން ބަދަލުކުރުމަށް އެތައް އަހަރެއްގެ މަސައްކަތް ކުރުމަށް ފަހުވެސް ނާކާމިޔާބު ވާކަމަށް ބަޔާން ކުރެއެވެ. މިހެންކަމުން، ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ޖިންސީ އެދުންވެރިކަމަކީ އެކުގައި އެއްވެސް އިހްތިޔާރެއް އޮންނަ ކަމެއް ނޫނެވެ. އަދި ގަސްދަކާ ލައިގެން ވިޔަސް ނުލާ ވިޔަސް ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ.

އެއް ޖިންސީ އެދުންވެރިކަމަކީ ނަފްސާނީ ބައްޔެއްތަ؟ ނޫނީ ޖަޒްބާތީ މައްސަލައެއްތަ؟

ނޫން. ސައިކޮލޮޖިސްޓުންނާ ސައިކިއެޓްރުންނާ އަދި އެހެންވެސް ނަފްސާނީ ބަލީގެ މާހިރުން އެއްބަސްވާ ގޮތުގައި، އެއްޖިންސީ އެދުންވެރިކަމަކީ ނަފްސާނީ ބައްޔެއް ނޫނެވެ. އަދި ޖަޒްބާތީ މައްސަލައެއްވެސް ނޫނެވެ. މިދިޔަ 35 އަހަރު ތެރޭގައި ކުރެވުނު ތައައްސުބެއް ނެތް ސައިސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެއްޖިންސީ އެދުންވެރިކަމަކ އެއްވެސް ޖަޒްބާތީ އަދި އިޖްތިމާއީ މައްސަލައެއް އެއާ ގުޅިފައިވާ ކަމެއް ނޫނެވެ.

މީގެ ކުރިން މިކަމަކީ ބައްޔެއް ކަމުގައި ބެލިފައިވާ ސަބަބަކީ، އޭރު ލިބިފައިވާ މައުލޫމާތުތަކަކީ ވަކި ކޮޅަކަށް ބުރަވެފައިވާ ތައައްސުބު މައުލޫމާތު ކަމަށް ވާތީ އެވެ. މިހެންވީ ސަބަބަކީ އެދުވަސްވަރުގައި ކުރެވުނު ގިނަ ޙޯދުންތައް ބިނާވެފއިވަނީ ކޮންމެވެސް ނަފްސާނީ މައްސަލައަކަށް އެހީ ހޯދަމުންދާ އެއްޖިންސީ އެދުންވެރިކަން ހުރި މީހުންގެ ބަސްތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވާތީއެވެ. މިފަދަ އެއްވެސް އެހީއެއް ނުހޯދާ އެއްޖިންސީ އެދުންވެރިކަންހުރި މީހުންގެ މައުލޫމާތު އެއްކޮށް ބެލުމުން ސައިސްވެރިންނަށް ޙޯދުނީ އެއްޖިންސީ އެދުންވެރިކަމަކީ ބައްޔެއް ނޫން ކަމެވެ.


މިއައު ހޯދުންތަކުގެ އަލީގައި، 1973ގައި، އެމެރިކަން ސައިކިއެޓްރިކް އެސޯސިއޭށަންގެ "ނަފްސާނީ އަދި ޖަޒްބާތީ ބަލިތަކުގެ ލިސްޓު"ގައި އެއް ޖިންސީ އެދުންވެރިކަން ހިމެނުން ހުއްޓާލެވުނެވެ. އަދި 1975ގައި އެމެރިކަން ސައިކޮލޮޖިސްޓްސް އެސޯސިއޭށަނުން މިކަމަށް ތަރުހީބުދީ ގަރާރެއް ފާސްކުރިއެވެ. މި ދެ އެސޯސިއޭށަނުންވެސް ހުރިހާ ނަފްސާނީ ބަލީގެ މާހިރުންނަށް އިލްތިމާޒްކުރަނީ، އެއް ޖިންސީ އެދުންވެރިކަމަކީ ބައްޔެއް ކަމަށް މީހުންގެ ތެރޭގައި އުފެދިފައިވާ ކުށްހީ ނައްތާލުމަށް އެހތެރިވުމަށެވެ. އޭރުއްސުރެން ކުރެވުނު ތަހްލީލާއި ހޯދުންތައްވަނީ އެއްޖިންސީ އެދުންވެރިކަމަކީ ބައްޔެއް ނޫންކަން އިތުރަށް ޔަގީންކޮށްދީފައެވެ.

އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން ރަގަޅު ބެލެނިވެރިންނަށް/މަންމައިންނަށް/ބައްޕައިންނަށް ވެވިދާނެތަ؟
ައާނއެކެވެ. މިކަން ބެލުމަށްޓަކައި އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން ތރުބިއްޔަތު ކުރި ކުދިންނާ އިދިކޮޅުޖިންސީ އެދުންވެރިކަން ހުންނަ މީހުން ތަރުބިއްޔަތު ކުރި ކުދިން އަޅާކިޔުނެވެ. މި އަޅާ ކުޔުމުގައި ބެލުނު ކަންތައްތަކަކީ:
- ކުއްޖާގެ ވިސްނުންތެރިކަން
- ނަފްސާނީ ގޮތުން މާހައުލަށް ހޭނޭ މިންވަރު
- މުޖްތަމައުއަށް ހޭނޭމިންވަރު
- ރައްޓެހިންގެ މެދުގައި އެކުދިންގެ މަގުބޫލުކަން
- ޖިންސީ އެދުންވެރިކަމާ އިޖްތިމާއީ ޖިންސު އުފެދިފަވާ ގޮތް
މި ހޯދުންތަކުން ފެނުނު ގޮތުގައި މި ދެ ގުރޫޕްގެ ކުދިންގެ އެއްވެސް ތަފާތެއް ނެތެވެ. 

އަދި އެއްޖިންސީ އެދުންވެރިކަން ހުންނަ މީހުން އިދިކޮޅު ޖިންސީ އެދުންވެރިކަން ހުންނަ މީހުންނާ ހިލާފަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ފުރުސަތު ބޮޑުކަމުގއި ހީވެފައިވާ ހީވުމަކީވެސް ކުށް ހީ އެކެވެ. މިކަމަށް ހިތްވަރުދޭނެ އެއްވެސް ސުބޫތެއް އެއްވެސް ދިރާސާއަކުން ހޯދިފައެއް ނުވެއެވެ.
ކޮންމެ ޖިންސީ އެދުންވެރިކަމެއް ހުރި މީހަކަސް އެމީހެއްގެ ހަގީގީ އިހްސާސްތައް ގަބޫލްކޮށް އަދި އެހެން މީހުންނާ މެދު އުފެދިފއިވާ މިފަދަ ކުށް ހީތައް ފިލުވާލުމުގައި އެހީތެރިވުމަށް އޭ.ޕީ.އޭ ގެ ފަރާތުން ހުރިހާ ނަފްސާނީ ބަލީގެ މާހިރުންނަށް އިލްތިމާޒް ކުރެއެވެ.


އެއްޖިންސީ އެދުންވެރިކަން ހުންނަ ބައެއް މީހުން އެމީހުންގެ ޖިންސީ އެދުންވެރިކަމުގެ ވާހަކަ އެހެންމީހުންނާ ހިއްސާކުރަނީ ކީއްވެ؟
މި ގޮތަށް ހިއްސާ ކުރުމަކީ އެމީހުންގެ ނަފްސާނީ ސިއްހަތަށް މުހިއްމު ކަމެކެވެ. މިކަމަށް "ކަމިން އައުޓް"އޭ ކިޔައެވެ. މިކަމަކީ އެމީހުންގެ ނަފްސު ތަރައްގީ ވުމުގއި ވަރަށް ބޮޑު ބައެއް އަދާކުރާ ކަމެއް ކަމުގައި ހޯދުންތަކުން ދައްކައެވެ. އެމީހެއްގެ ޖިންސީ އެދުންވެރިކަން ބަލައިގަތް މިންވަރު އިތުރުވިހެން، އެމީހެއްގެ ނަފްސާނީ ސިއްހަތު ރަނގަޅުވެ، އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް އިތުރުވެއެވެ.