އަދި ލޫތު އޭނާގެ ގައުމުގެ މީހުންނާ މެދު ބުނި ބުނުމާ މެދު ވިސްނާށެވެ. އެ ހިނދު އޭނާ ބުންޏެވެ. "ތިޔަބައިމީހުން ތިޔަ ގެނެސްގަންނަނީ މީގެ ކުރިން ދުނިޔޭގެ އެއްވެސް މީހަކު ކޮށްފައިނުވާ ޒާތުގެ ނުބައި ފާހިޝް އަމަލެއް ނޫން ހެއްޔެވެ؟" (އައުރާފު -80)
މި އާޔަތަށް ބިނާކޮށް އެއް ޖިންސުގެ ގުޅުން ދުނިޔެއަށް ތައާރަފް ކުރީ ލޫތު ބާގައިގެ މީހުންނޭ ބައެއް މުސްލިމުން ބުނެއެވެ. މީ ކިހާވެރެއްގެ ތެދެއްބާ؟
އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ ބުނާ ގޮތުގައި ސަދޫމް އާއި އާމޫރާ ހަލާކުވެ ދިޔައީ އީސާގެފާނު ދުނިޔެއަށް އައުމުގެ 1900އަހަރު ކުރިންނެވެ. ވީމާ މި މިހެން ބުނާ މުސްލުމިންގެ ބަސް ތެދުކަމުގައި ވާނަމަ 1900ބީސީ ގެ ކުރން މީހުން އެއް ޖިންސުގެ ގުޅުމެއް ނުހިންގައެވެ. ނަމަވެސް ހަގީގަތް މިކަމާ ހިލާފް ވެއެވެ.
މެސޮޕޮޓޭމިއިން ހޯދުނު ބައެއް ބުދުތައް އެއް ޖިންސުގެ އަމަލު ހިންގަނިކޮށް ދައްކުވާދެއެވެ. މީގެ ބައެއް ބުދުތައް 3000ބީސީއަށް ތާރީހުކުރެވެއެވެ. އަދި މިސްރުގެ މަގްބަރާއަކުން ފެނުނު ޚުނުމްހޮޓެޕްއާ ނިއާމްޚުނޫމް އަކީ ތާރީޚުގައި ލިޔެފައިވާ ފުރަތަމަ އެއްޖިންސުގެ ލޯބިވެރިންނެވެ. މިދެމީހުންނަކީ2400ބީސީގެ މިސްރުގައި ވެރިކަންކުރި ނިއުސިއާ ފިރުއައުނުގެ ޝާހީ ޚާދިމުންނެވެ. މީ ސަދޫމްގެ 500 އަހަރު ކުރިއެވެ. ވީމާ އެއް ޖިންސުގެ ގުޅުން ދުނިޔެއަށްތައާރަފް ކުރިކަމުގެ ފަޚުރު ސަދޫމީންނަށް ލިބުމުގެ ޖާގައެއް ނެތެވެ.
ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހަށް މިކަމެއް ސިއްރުވެވިގެނެއް ނުވާނެއެވެ. އަދި އެކަލާނގެ ރަސޫލުންނަކީ ދޮގު ހަދާ ބައެއް ނޫނެވެ. އަދި އެކަލާނގެ ފޮތަކީ އޭގައި ތާރީހާ ފުށުއަރާނެ ވާހަކައެއް އޮންނާނެ ފޮތެއް ނޫނެވެ. ވީމާ، ލޫތުގެފާނު އެދައްކަނީ ކޮން ކުށެއްގެ ވާހަކަ ބާވައެވެ؟ އެއްޖިންސުގެ ގުޅުން ހިންގުން ކަމުގައި ނުވާނެއެވެ. އެހެނީ އެކަމަކީ މާ ކުރިންވެސް މީހުން ކޮށް އުޅުނު ކަމަކަށް ވާތީއެވެ
ފަހަރެއްގައި ސަދޫމީންގެ ކުށަކީ އެމީހުންގެ އަނބިންނަށް ބޭވަފާތެރިވުންކަމުގައި ވެދާނެއެވެ. ނުވަތަ ތިމާ ލޯބިވާ މީހުން ނޫން މީހުނާ ކައިވެނި ކުރުން ކަމުގައިވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވާނީ އައްލޯހެވެ..
References:
http://hidhaayath.noorul-islam.net/front/view.asp?volumeID=37
http://www.quran.com/7/80
http://www.britannica.com/EBchecked/topic/552322/Sodom-and-Gomorrah
The Origins and Role of Same-Sex Relations in Human Societies By James Neill, p. 83
http://en.wikipedia.org/wiki/Khnumhotep_and_Niankhkhnum